ރައްޔިތުންގެ ހާއސަ މަޖިލީހުހެ ޑްރާފްޓިންގ ކޮމެޓީގެ މެމްބަރުކަން ކުރައްވާފައި އިބްރާހިމް އިސްމާއިލް (އިބްރާ) ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައެއްނުގަންނަން އެކޯޓުން ނިންމައިފިއެވެ.
އިބްރާ ހައިކޯޓަށް ހުށަހެޅި މައްސަލައަކީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅު އެޅުވުން ކަމަށާއި އެކަމަކީ ގާނޫނު އަސާސީއާއި ހިލާފު އަމަލެއްކަމަށްބުނެ އެ ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ.
ނަވެސް އެ މައްސަލަ ހައިކޯޓުން ބަލައިނުގަންނަން ނިންމި ސަބަބެއްކަމަށް އެކޯޓުގެ ރަޖިސްޓްރާ ބުނެފައިވަނީ ގާނޫނުއަސާސީއާ ތައާރަޒުވާ ގޮތަށް ހިންގާފައިވާ އަމަލެއް ބުނެދެވިފައިނުވާތީ ކަމަށެވެ.
ސްޕްރީމް ކޯޓްގެ 3 ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.




