ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހިރާއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅަުވައިގެން އެމްޑީޕީ އަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިނަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގޮވާލައްވައިފި އެވެ.
އަބްދުއްރަހީމް އެމަނިކްފާނުގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ ފޯސްޓުގައި ވިދާޅުވެފައިވަނީ، ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވައިލައްވާ ކަމަށެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތްނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބަލުގައި އަޅުވަމުންދާއިރު އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ…
— Abdul Raheem Abdulla (@Banafsaa) March 14, 2025
އެމްޑީޕީން މިހާރު ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހިރާ ތަކުގެ ތެރެއިން ރޭ އެ ޕާޓީން ބޭއްވި މުޒާހިރތާގައި އެ ޕާޓީގެ އެކްޓިވިސްޓް މަންޒި ޒުބައިރް ވަނީ ރައީސް ޑރ. މުއިއްޒު އަށާއި މެޑަމް ސާޖިދާއަށް ވަރަށް ފާޑުވިދާޅުވެ ދަރިފުޅު ވޭޕް ބޭނުންކުރުމުން މުޅި ގައުމު ކުއްލިއަކަށް އެކަމުގެ އަދާކުރަންޖެހޭގޮތަށް ނިންމެވުންތައް ނިންމަވާފައިވާކަމަށްބުނެ ދަރިންތަރުބިއްޔަތު ކުރުމުގައި ޒިންމާދާރުވުމަށް މެޑަމް ސާޖިދާއަށް ގޮވާލާފައެވެ.




