ސްވިޒަލެންޑްގެ ސިޔާސީ ފަރާތެއް އޮންލައިންކޮށް ފިޔާތޮށިކުލައިގެ ފެން ފިސްތޯލައެއް ގަތުމުން ޖޫރިމަނާ ކޮށްފި އެވެ.
ސްވިޒަލެންޑްގެ ސިޔާސީފަރާތެއް ކަމަށްވާ ޒިއުރިކްގެ ހުޅަނގުގައި އޮންނަ ބުޗްސްގެ ލޯކަލް ކައުންސިލްގެ މެމްބަރ މާކް ޖައިސްލީ އޮންލައިންކޮށް ފިޔާތޮށި ކުލައިގެ ފެން ފިސްތޯލައެއް ގަތުމުން ޖޫރިމަނާ ކުރީ އެ ގައުމުގެ ހަތިޔާރުގެ ގާނޫނާ ހިލާފަށް ކުޅޭ ތަކެތި ގަނެފައިވާތީ ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.
މާކް ޖަސްލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އަލްޓްރާ ލޯ ކޯސްޓް އޮންލައިން ރީޓެއިލާ ޓެމޫ މެދުވެރިކޮށް އޭނާގެ ދަރިންގެ ގޮތުގައި ބަލާ ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ފެން ފިސްތޯލަ ދިނުމަށް އޯޑަރު ދީފައިވާ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އޭނާ ޖޫރިމަނާ ކޮށްފައިވަނީ އޭނާ އޯޑަރ ދިން ފެންފިސްތޯޅަ އަކީ ކުޅޭކުޅޭ ފެން ފިސްތޯލަ ނަމަވެސް އެތަކެއްޗަކީ އަސްލު ފިސްތޯލައިގެ ބައްޓަމަށް ހުރި ތަކެއްޗަށްވާތީ އަސްލު އޮޅިދާނެ ފަދަ އެއްޗަކަށްވާތީ ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ހަތިޔާރުގެ ގާނޫނާ ހިލާފުވެފައިވާތީ 7،390 ޑޮލަރު އިން އޭނާ ވަނީ ޖޫރިމަނާ ކޮށްފައެވެ.




