ރައީސްގެ އާއިލާ އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން މަދަނީ ދައުވާކުރާނެ ކަމަށް އާއިލާގެ ފަރާޔތުން ބުނެފި އެވެ.
ރައީސްގެ އާއިލާގެ ފަރާތުން ބާޔާނެއް އިއްވެވުމަށްފަހު ގާނޫނީ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހިރާ އެއްގައި ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށާއި އެ ޕާޓީގެ އެކްޓިވެސްޓް މަންޒި ޒުބައިރު އާއި އެމްޑީޕީގެ މަށްޗަށް ފިޔަވަޅު އެލުމަށް އެދި ދައުވާ ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އާޒިމާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ނޫޅުއްވާ އެމަނިކުފާނުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހިރާގައި ދައްކަވާފައިވާ ވާހަކާގައި ބުނެފައިވާ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށާއި، އެމަނިކުފާނުގެ ދަރިކަލުންނަކީ އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިއުމާލެއް ނުވަތަ އެފަދަ އަމަލެއް ހިންގާފައިވާ ކުްޖެއް ނޫންކަމަށެވެ.
އެގޮތުން އެމްޑީޕީގެ މުޒާހިރާގައި މަންދި ޒުބައިރު ދެއްކެވި ވާހަކަތަކާ ގުޅިގެންނާއި އަދި އެކަމާ ގުޅިގެން ފައްޔާޒު އެކްސް ގައި ކުރައްވާފއިވާ ޕޯސްޓާ ގުޅިގެން ފައްޔާޒުގެ މައްޗަށާއި އަދި މަންދި ޒުބައިރު އެވާހަކަ ދައްކަވާފައިވަނީ އެމްޑީޕީގެ މުޒާހިރާއެއްގައިކަމަށްވާތީ އެ ޕާޓީއާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.




