ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސައިން ޝަހީދު އައްޔަނުކުރަން ރައީސް ރައީސުލް ޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހުސްނުއްސުއޫދު އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިުފާ ދެއްވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުތަކުގައި ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް، މަރިޔަމް ނިހާޔަތު އާއިހައިކޯޓްގެ ފަނޑިޔާރު ޝަހީދު އާއި ގާނޫނީ ވަކީލު، ރުޝްދުﷲ އިބްރާހިމް އެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާއި ޖްޑިޝަލް ސާވިސް ކޮމިޝަނުން އިންޓަރވިއު ކުރުމަށްފަހު އެކޮމިޝަނުން ނިންމަވާފައިވަނީ ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ޝަހީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައީސުލް ޖުމްހޫރިއްޔާ އަށް ލަފާއެރުވުމަށެވެ.
ޝަހީދު އަކީ އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީ ކަމާއި، ހައިކޯޓުގެ ފަނޑިއާޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.




