ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވައިފި އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އަންހެން މުވައްޒަފަކާމެދު ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީއަކުން ބަލަމުންގެންދަނިކޮށް ފަޒީން މިއަދު ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައި ސިޓީ ރައީސަށް އަރުވާފައެވެ.
އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ފަޒީން ވިދާޅުވެފައިވަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު، އަދާކުރުމުގެ އިހްތިޔާރު މިހާރު ނެތްކަމަށް ދެކޭތީ އެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
ފަޒީން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރީ މާޗް 7، 2021 ގަ އެވެ.




