ކަޅުތެޔޮޖެހުން މެޑަމް ސާޖިދާ ކުއްވެރިކުރައްވައިފި

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް މަގުމަތިން ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކުށްވެރިކުރައްވައިފިއެވެ.

އެމްޑީޕީ އިން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހިރާގައި ބައިވެރިވުމަށްފަހު އެނބުރި ގެޔަށް ދިޔަ މަގުމަތިން އެމްޑީޕީގެ އެކްޓިވިސްޓް މަންދި ޒުބައިރުގެ ގަޔަށް ރޭ ވަނީ ކަޅުތޮޔޮ ޖަހާފަ އެވެ.

އެކަމާ ގުޅިގެން މެޑަމް ސާޖިދާ އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، އެއްވެސް މީހަކަށް އެފަދައިން ހަމަލާދީ، އުނދަގޫ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ނުތަނަވަސްކަން އިތުރުވިޔަ ނުދީ އިންސާފް ގާއިމްކުރުމަށް މަގުފަހިކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ނުތަނަވަސްކަން އިތުރުވިޔަ ނުދީ އަދުލު އިންސާފު ގާއިމު ކުރުމުގެ މަރުހަލާ އަށް މަގުފަހިކޮށް ދިނުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލަން." މެޑަމް ސާޖިދާގެ ޕޯސްޓް ގައި ވިދާޅުވެފައިވެއެވެ.

މަންދީގެ ބަޔަށް ބަޔަކު ކަޅުތެޔޮ ޖަހާފައި މި ވަނީ މެޑަމް ސާޖިދާގެ އާއިލާ އާއި ބެހޭގޮތުން އެމްޑީގެ މުޒާހިރާއެއްގައި މަންދި ދައްކާފައިވާ ވާހަކަ ތަކަކާއި ގުޅިގެން މެޑަމް ގެ ފަރާތުން ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ބަޔާންކޮށް ބަޔާނެއް ނެރެފައިވަނީކޮށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *