ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގެ މުސްތަގިއްލުކަން ސަރުކާރުން ނަގާލައިފި ކަމަށްބުނެ ހުސްނުއްސުއޫދު އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ޖްޑީޝަލް ސާވިސް ކޮމިޝަނުން މައްސަލައެއް ބަލަން ފަށާފައިވަނީކޮށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު އަދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އެމަނުކުފާނު ހިމެނޭގޮތަށް ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ޖްޑިޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑް ކޮސްފައިވާ ކަމަސާއި، އެކަން ޖޢެއެސްސީ އިން ކޮށަފއިވަނީ މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލު ކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށް ކުރަން މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ ބިލު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އަޅައި އެ ކޯޓުން ބަލަމުން ދިޔަ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބޭރު ކޮށްލުމަށް އަންގައި ނުފޫޒު ފޯރުވި ކަމަށް ބަޔާންކޮށްފައި ވެއެވެ.
އަދި ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ ކޯޓުތަކުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށާއި މީގެ ކުރީގެ ސަރުކާރުތަކުން ވެސް ބޭނުން ނުވާ ގޮތަކަށް ކޯޓަކުން ހުކުމެއް ކޮށްފި ނަމަ އެ ހުކުމެއް ކުރާ ފަނޑިޔާރުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަމަށްވެސް ސުއޫދު ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
އޭސީސީ އިން ބަލަމުންގެންދާ މައްސަލައެއްގައި ޖޭއެސްސީން 3 ފަނޑިޔާރުން ސަސްޕެންޑް ކޮސްފައިވާއިރު އެ ކޮޓްގެ ފަނޑިޔާރު ޑރ.އަޒްމިރަލްޒާ އާއި މަހާޒުގެ މައްސަލައެއް ޖޭއެސްސީ އިން ވެސް ދަނީ ބަލަމުންނެވެ.




