ޗައިނާއިން ދަނޑުވެރިކަމުގެ ސާމާނު ހަދިޔާކޮށްފި އެވެ.
ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާކު ރާއްޖެއިން މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ 213،000 ރުފިޔާގެ ދަނޑުވެރިކަމާބހޭ ސާމާނު ހަދިޔާ ކޮސްފައިވާކަމަށް ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ އެހީގެ ގޮތުގައި ޗައިނާއިން ހަދިޔާކޮށްފައިވާ ތަކެތީގެ ތެރޭގައި ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭ އާއި ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓާއި، އޮޓަމެޓިކުން ފެންދޭ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލާ އާއި، ދޫނި ރޯގާ (އޭވިއަން އިންފުލުއެންޒާ) ވައިރަސް ޓެސްޓު ކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓު ހިމެނޭ ކަމަށެވެ.
އެ މިނިސްޓަރީން އިތުރަށް ބުނީ ޕެސްޓް ކޮންޓްރޯލްކުރުމަކީ ރަށު ކައުންސިލުން ކުރަން ޖެހޭ މަސައްކަތަކެއް ކަމަށްވާތީ، ޗައިނާއިން ގެނައި ތަކެތިން ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއ،ި ސިޓީ ކައުންސިލްތަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.




