އަލިމަސް އުފާ ކާނިވަލުގެ ސްޓޭޖް ޒަމާނާ އެއްގޮތަށް ތަރައްގީކުރުމަށް ނިންމައި އާ ސްޓޭޖް ހަދައި ނިމުމުން ހުންނާނެ ގޮތް ދައްކާލައިފި އެވެ.
އަލިމަސް ކާނިވަލުގައި މިހާރު ހުރި ސްޓޭޖަކީ މީގެ 24 އަހަރު ކުރިން މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އަލިމަސް އުފާ ކާނިވަލް ތަރައްގީކުރިއިރު ހަދާފައިވާ ސްޓޭޖެކެވެ.
ކާނިވާ ސަރަޙައްދުގައި އަލަށް ހަދާ ސްޓޭޖްގެ ކުރެހުން ކައުންސިލުން ދައްކައިލައިފި @adamazim @MaleCitymv #NalaMale https://t.co/XPP1kosQnr pic.twitter.com/utxuo1DAUW
— Mohamed Shaan Abdulla (@kudey_a) March 17, 2025
މާލޭ ސިޓީ ކައުންސިލުން އައު ސްޓޭޖް ހުންނާނެ ގޮތުގެ ކުރެހުން މިއަދު ވަނީ ދައްކާލާފައެވެ. އެ ކައުންސިލުން ބުނީ އައު ސްޓޭޖުގެ މަސައްކަތް 4.84 މިލިއަން ރުފިޔާ އަށް މި މަހުގެ 14 ގައި ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮސްފައިވާ ކަމަށާއި، އެގޮތުން އެ ކުންފުނިން އެމަސައްކަތް މި އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށެވެ.




