ގދ. ފިޔޯރީ ފަޅުތެރެއިން މާވަހަރެއް ހޮވައިފި އެވެ.
ގދ.ފިއޯރީ ފަޅުތެރެއިން ހޮވާފައިވާ މާވަހަރު 300 އާއި 400 ގްރާމުގެ ބަރުދަން ހުންނާނެ ކަމަށް އެ މާވަހަރު ހޮވި މީހާ ބުނެފައިވެއެވެ.
މާވަހަރު ހޮވި ފަރާތުން ބުނީ އެ މާވަހަރު ޓެސްޓްކުރަން ބޭރަށް ފޮނުވޭނެ ގޮތެއް މިހާރު ހޯދަމުންދާކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ހުދު މާވަހަރުގެ އަގު ހުރީ ގްރާމެއް 30 އެމެރިކާ ޑޮލަރަށެވެ. އެހެންކަމުން ފިޔޯރީ ފަޅުތެރެއިން ހޮވި މާވަހަރަކީ ގާތްގަނޑަކަށް 12000 އެމެރިކާ ޑޮލަރުގެ އަގުހުރި މާވަހަރެކެވެ.