ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތްޕުޅުން ނޫސް ބަޔާން ނެރުއްވުމާ ގުޅިގެން އެ ކަމަކީ ސުލޫކީ މައްސަލައެއް ކަމަށް ބަލައި އެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން  ނިންމާފައިވާ މައްސަލައާ ގުޅުވައި ކުރީގެ އެއްތަމަ ފަނޑިޔާރު ޑރ.ޑީޑީ އެކްސް ގައި ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ އަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގައި ހިމެނޭ ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ އޭގެ ޒާތުގައި ސުލޫކީ މައްސަލައެއް ނޫން ކަމަށާއި، ސުލޫކީ މައްސަލައަކަށް ވާނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ސިޔާސީ ޚިލާފުތަކާ ގުޅިގެން ކޮމެންޓްކޮށް ނެރޭ ބަޔާންތައް ކަމަށާއި ސަބަބަކީ ފަނޑިޔާރަކީ ވަކިފަރާތަކަށް ބުރަނުވެ ތަޢައްޞުބުން އެއްކިބާވެ ތިބެންޖެހޭ ބަޔަކަށް ވާތީ ކަމަށެވެ.

ނަމަވެސް، ޢަދްލު އިންޞާފް ޤާއިމުކުރުމުގެ ނިޒާމާ ގުޅުންހުރި އިދާރީ ކަންތަކާއި، އަދި އެ ނިޒާމުގެ މުސްތަޤިއްލު ކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ނުވަތަ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، މަންހަޖީ ނުވަތަ ސިސްޓެމެޓިކް ގޮތެއްގައި ހިންގޭ ކަންތައްތަކާ ގުޅިގެން ކޮމެންޓް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމުގައި ނުބެލެވޭނެ ކަމަށްވެސް ޑރ.ޑީޑީ ވިދާޅުވެފައި ވެއެވެ.

ޖޭއެސްސީން އަންނަނީ ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަށްފަހު އެފަރާތްތަކުގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ޑރ.އަޒްމިރަލްދާގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި އެ ކޯޓްގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.

ޑރ.އަޒްމިރަލްދާ އާއި ގުޅޭގޮތުން ޖޭއެސްސީ އިން ބަލަމުންގެންދާ މައްސަލތަކަަކީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހަނީފް އާ ދިމާލަށް ހުތުރުބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލައަކާއި، ޑރ.އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް މަސާޖުޕާލާ އަކުން ފުލުހުންހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ކުރިން އެ ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ބޭނުންވަނީ ޚުދުމުހްތާރުކަން ދައްކާ އެހެންމީހުންގެ އަނގަ ބައްދާ ބިރު ދައްކާލުމެވެ. މިއުޅެނީ ތިންބާރުގެ މައްޗަށް ވެރިވެގަނެގެން ވެރިކަން ދެމެހެއްޓުމެވެ. ގަޑިދަނީ ގާތްވަމުންނެވެ. ނޭގިތިއްބާ ކުއްލިއަކަށްވެސް އައިސްދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *