މޯލްޑިވްސް މީޑިއާ ކައުންސިލުގެ އޮފިޝަލުން ޗައިނާއަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އޮފިޝަލުންގެ ޓީމެއް ޗައިނާ އަށް ފުރައިފިއެވެ.

އެމްއެމްސީ ގެ ޓީމް ޗައިނާ އަށް ކުރާ މި ދަތުރަކީ ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ "ސެމިނާ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯގަނައިޒޭޝަންސް ފޯ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރްއައި) ޕާޓްނާ ކަންޓްރީސް" ގެ ނަމުގައި ކުރިއަށް ގެންދާ ސެމިނާއެއްގައި ބައިވެރިވުމަށް އެ ކައުންސިލްގެ ފަރާތުން ކުރާ ދަތުރެކެވެ.

ޗައިނާ ސަރުކާރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ސެމިނާގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފައި ވަނީ ފޮރިން މިނިސްޓްރީން ކަމަށް އެ ކައުންސިލުން ބުނެއެވެ. އިތުރަށް އެ ކައުންސިލުން ބުނީ ސެމިނާގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، ޗައިނާގެ ޚަބަރާއި މީޑިއާގެ އާދަތައް ދެނެގަތުމާއި، މީޑިއާގެ ދާއިރާއިން ޗައިނާއާއި ބީއާރްއައިގެ އެހެނިހެން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.

ސެމިނާގައި ބައިވެރި ވުމަށް ޗައިނާ ދަތުރުގައި ބައިވެރިވެފައިވަނީ އެމްއެމްސީގެ ކައުންސިލުގެ މެންބަރު އަލީ އާދަމާއި އެ ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު އައިޝަތު މަލްސާ މާހިރާއި، އޭއޯ ނިއުސްގެ ފަރާތުން ނޫސްވެރިޔާ ޝިމްލާ އަހުމަދު އާއި އަދި މިހާރު ނިއުސްގެ ފަރާތުން ނޫސްވެރިޔާ އިފްރާޒް ޢަލީ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *