ވައިގެމަގުން އެތެރެކުރަންއުޅުނު ގިނަ އަދަދެއްގެ ވޭޕް އާއި ވޭޕް ކުރުމަށް ބޭނުންކުރާ އެއާގުޅޭ ސާމާނު މޯލްޑިވެސް ކަސްޓަމްސް ސާވިސް އިން އަތުލައިފި އެވެ.
ކަސްޓަމްސް އިން ބުނީ ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމް އަތުލާފައިވާ ކަމަށާއި އެ ތަކެތި އަތުލައިގަތީ މެލޭޝިއާ އިން އިއްޔެ ރާއްޖެ އައި ތިން ޕަސެންޖަރެއްގެ ލަޖެޖުގައި ރައްކާކޮށްފައި ހުއްޓައި، ވޭޕާއި އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައިވާ ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމް ކަސްޓަމްސް އިން އަތުލައިގެންފި.
މި ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ… pic.twitter.com/QPTnPAEcwy
— Maldives Customs Service (@CustomsMv) March 19, 2025
އެމީހުން ބަލާ ފާސްކުރުމުގެ ތެރޭގައި ފެނިފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، 1714 ނެނޯ ސްޓިކް އާއި، 200 ޓެރިއާ ސްޓިކް އާއި، 96 ކެލިބަން ކާޓްރިޖް އާއި، 2 ފުޅި ވޭޕް ފްލޭވަރ ލިކުއިޑް ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ކަސްޓަމްސް އިން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




