ހަތަރު ރަށުގެ ކުނިމެނޭޖުކުރާ ވަސީލަތް ގާއިމްކުރުމަށް ސަނީލޭންޑް އިންވެސްޓްމެންޓާ ހަވާލުކޮށްފި އެވެ.
އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ 4 ރަށުގައި ކުނި މެނޭޖްކުރާ ވަސީލަތް ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އެވެ.
ސަނީލޭންޑް އިންވެސްޓްމެންޓާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުނި މެނޭޖުކުރާ ވަސީލަތްތައް ގާއިމްކުރާނީ އއ. ހިމަންދޫ އާއި، އއ. ފެރިދޫ އާއި، އއ. ތޮއްޑޫ އަދި ކ. ކާށިދޫ ގައެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިއަހަރުގެ 3 ކުއާޓާގެ ކުރިން ނިންމާ ގޮތަށެވެ.
މި މަޝްރޫއަކީ އޭޝިއަން ޑެވެލޮޕްމަންޓް ބޭންކާއި އެހެނިހެން ބޭރުގެ އެހީދޭ ފަރާތްތަކުގެ ހިލޭ އެހީއާއި ލޯނު އެހީ ހިމެނޭ ގޮތަށް ހިންގާ މަޝްރޫއުއެއް ކަމަށް އެންވާރަމްންޓް މިނިސްޓްރީން ބުނެއެވެ.




