ދުނިޔޭގެ އެއްމެ ހަޑި ޖަނަވާރު ގޮތުގައި މަސްހޫރުވެފައިވާ ބޮލޮބް ފިޝް ނިއުޒިލެންޑްގެ "ފިޝް އޮފް ދި އިޔާރ" އަށް ހޮވިއްޖެ އެވެ.
ދުނިޔޭގެ އެއްމެ ހަޑި ޖަނަވާރުގެ ގޮތުގައި މަޝްހޫރުވެފައިވާ ބްލޮބް ފިޝް އަކީ ކަނޑުގެ 600 މީޓަރާއި 1200 މީޓަރުގެ އަޑީގައި ދިރިއުޅޭ މަޑު އަދި ޖެލެޓިނަސް ސިފައަށް ހުންނަ މަހެކެވެ.
ނިއުޒީލެންޑުގެ ޖަމިއްޔާއެއް ކަމަށްވާ މައުންޓެންސް ޓު ސީ ކޮންޒަވޭޝަން ޓްރަސްޓް އިން ވަނީ 2025 ވަނަ އަހަރު ހޮވި އެއްމެ ރީތި މަހުގެ ގޮތުގައި ބްލޮޕް ފިޝް ހޮވިފައިވަނީ އެކަމަށްޓަކައި ވޯޓްލީ 5583 މީހުންގެ ތެރެއިން 1021 މީހުން ގެ ވޯޓް ބްލޮބް ފިޝް އަށް ލިބުމުންނެވެ. އެގޮތުން ބްލޮބް ފިޝް ވަނީ 2 ވަނައަށް ދިޔަ އޮރެންޖް ރަފީގެ މައްޗަށް ގާތްގަނޑަކަށް 300 ވޯޓުން ކުރި ހޯދާފައެވެ.
ބްލޮބް ފިޝް އަށް ކެމްޕޭނު ކުރި ފަރާތްތަކުން ބުނީ އެ މަހަށް އެފަރާތްތަކުން ކެމްޕޭނު ކުރަންނިންމީ ޒަމާންތަކެއް ވަންދެން އިންސާނުން އެމަހާ ދޭތެރޭ ދެކޭގޮތް ބަދަލުކޮށް އެހަށް ކުރަމުން އައި ބްލީ ކުރުމުގެ ސަބަބުން ކަމަށެވެ.
ފިޝް އޮފް ދި އިޔާ 2025 ގެ އެއްމެ ކުރި ހޯދާފައިވާ 10 މަހަކީ:
- ބްލޮބްފިޝް – 1286 ވޯޓު
- އޮރެންޖް ރަފީ – 1009 ވޯޓު
- ލޯންގްފިން އީލް / ޓޫނާ – 646 ވޯޓު
- ވޭލް ޝާކް – 596 ވޯޓު
- ބިގް ބެލީޑް ސީހޯސް / މަނަޔާ – 386 ވޯޓު
- ގްރޭޓް ވައިޓް ޝާކް / މަންގޯ ޓަނިވާ – 344 ވޯޓު
- ލެމްޕްރޭ / ޕިހާރޯ – 312 ވޯޓު
- ސްޕައިން ޓޭލްޑް ޑެވިލް ރޭ / ވައި ރާހީ – 284 ވޯޓު
- ބަސްކިން ޝާކް / ރެރެމައި – 280 ވޯޓު
- ބްލޫ ކޯޑް / ރަވަރު – 260 ވޯޓު




