އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގެ ކްރިކެޓް ޓީމް މުމްބާއީ އިންޑިއަންސްގެ މި އަހަރުގެ ޓޫރިސްޓް ޑެސްޓިޝޭނަކަށް ދިވެހި ރާއްޖެ ހަމަޖައްސައިފި އެވެ.
އިންޑިއާގެ އެއްމެ ފޯރިގަދަ ކުޅިވަރު މުބާރާތް އައިޕީއެލް ކްރިކެޓް މުބާރާތް މިމަހުގެ 22 ހުގައި ފަށަން ތައްޔާރުވެފައިވަނިކޮށް އެމްއެމްޕީއާރްސީ އާއި މުމްބާއީ އިންޑިއަންސް އިން ހަދާފައިވާ ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގެ ޓޫރިޒަމް އަށް އެކަމުގެ ވަރަށްބޮޑު ފައިދާއެއް ވާނެކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
އިންޑިއާގައި ކުރިކެޓް ޓީމްތައް ހިންގަނީ މަޝްހޫރު ފިލްމް ސްޓާރުންނާއި އިންޑިއާގެ ބޮޑެތި މަހުޖަނުންނެވެ. އެގޮތުން މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ރިލަޔަންސް އިންޑަސްޓްރީގެ ޓީމެކެވެ. އެ ޓީމްގެ ރަސްމީ ޓޫރިސްޓް ޑެސްޑިނޭޝަނަށް ހަމަޖެހިގެން އިރު، މުމްބާއީ އިންޑިއަންސްގައި ހިމެނޭ ކުޅުންތެރިޔާ ރޯހިތު ޝަރުމާ ރާއްޖޭގައި ދާދި ފަހުންވަނީ ޗުއްޓީ ހޭދަކޮށްފައި އެވެ.
އައިޕީއެލްގައި ވާދަކުރާ ޓީމްތަކަކީ މުމްބާއީ އިންޑިއަންސް، ކޮލްކަތާ ނައިޓްރައިޑާސް (ކޭކޭއާރް)، ޗެންނައި ސުޕަ ކިންގްސް، ރާޖަސްތާން ރޯޔަލްސް، ޕަންޖާބް ކިންގްސް، ސަންރައިޒާސް ހައިދަރުއާބާދު، ގުޖްރާތު ޓައިޓަންސް، ދިއްލީ ކެޕިޓަލްސް އަދި ލަކްނޯ ސުޕަ ޖަޔަންޓްސް އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ކްރިކެޓަކީ ދެ ވަނައަށް އެންމެ ގިނަ މީހުން ބަލާ ކުޅިވަރަށް ވެފައި، އައިޕީއެލްއާ ދިމާކޮށް މުމްބާއީ އިންޑިއަންސްއާ އެކު ހެދި ޕާޓްނާޝިޕާ އެކު އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެ ޕްރޮމޯޓްކުރެވި، އެ ގައުމުން މި އަހަރު މަދުވެގެން 200،00 ޓޫރިސްޓުން ގެންނަން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރަން މަގުފަހިވާނެ ވެގެންދާނެ ކަމަށެވެ.




