ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ދިނުން ހުއްޓާލާފަ އޮންނަތާ ދުވަސްތަކެއް ފަހުން އަނެއްކާވެސް ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށްވެސް އާސަންދަ ދޭން އަލުން ފަށައިފިއެވެ.
ދައުލަތުގެ ޙަރަދުތައް ކުޑަކުރުމަށާއަި އާސަންސައިގެ ޙަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރިއަށް ގެންދިއަ އާސަންދަ ރިފޯމް ގެ ދަށުން ގެނައި ބަދަލުތަކާއެކު މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޕްރައިވެޓް އިންޝުއަރެންސެއް އޮންނަ ނަމަ، އި އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން ނޫން ގޮތަކަށް އާސަންދަ ދޫނުކުރަން ވަނީ ނިންމާފައެވެ.
އެގޮތުން އެންސްޕާ އިން އޭރު ބުނެފައިވަނީ ގޮތުގައި ޕްރައިވެޓް އިންޝުއަރެންސް ނަގާފައިވާ ނަމަ އެ ފަރާތްތަކަށް އާސަންދަ ލިބޭނީ އެ މީހުންގެ ފެކޭޖުގެ ލިމިޓް ހަމަވުމުން ކަމަށެވެ. ނަމަވެސް، އާސަންދަ ކުންފުނިން މި ހަފުތާގައި ވަނީ ބަދަލެއް ގެނެސްފަ އެވެ.
މިހާރު ގެނައި ބަދަލާ ގުޅިގެން ޕްރައިވެޓް އާސަންދައިން ކަނޑަނީ ޕްރައިވެޓް އިންޝުއަރެންސް އިން ކެނޑުމަށްފަހު ބާކީ އޮންނަ އަދަދުގެ ތެރެއިންނެވެ.




