ރައްޔިތުންނަށް ރައްކާތެރި ބޯފެން ކަށަވަރުކޮށްދިނުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު: ރައީސް ޑރ.މުއިއްޒު

ރާއްޖޭގެ އެއްމެހާ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭކަން ކަށަވަރުކޮށްދިނުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހާގުޅުވައިގެން އެމަނިކުފާނު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ މުޅި ރާއްޖެއަށް ސާފު ފެން ލިބުން ކަށަވަރުކުރުމަށް އިސްކަންދިނުމާއެކު ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް މާނަހުރިގޮތެއްގައި ފިޔަވަޅުތަކެއް އެޅުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމަށާއި، އަދި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެކަން ކަށަވަރުކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ ޕޯސްޓްގައިބަނީ ދުނިޔޭގެ ފެނުގެ ދުވަހުގެ ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް ފޮނުވާފައެވެ. އަދި މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރު ކަމުގައިވާ "ގްލޭސިއާ ޕްރިވެންޝަން" އަކީ މޫސުމަށް އަންނަ ބަދަލުތަކުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެގަތުމަށްޓަކައި މުހިންމު ޝިއާރެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *