ނެޝަނަލް ތެލެސީމިއާ ސެންޓަރު ބަދަލުކުރާ "އޮރެންޖު ހިޔާ" އިމާރާތުގެ މަދސައްކަތް ހިނގަމުންދާގޮތް ރައީސް ބައްލަވާލައްވައިފި
އޮރެންޖު ހިޔާގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިމާރާތުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ.
އަދި އެ ޒިޔާރަތުގައި ރައީސް ވަނީ އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވުމުގެ ތެރޭގައި އެއްވެސް ހިދުމަތަކަށް ބުރޫނާރާނެހެން އެ ކަން ކުރުމަށާއި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެތި ޚިދުމަތް ދެވޭނެގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް އިރުޝާދު ދެއްވާފައިއެވެ.
މީގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމަނިކުފާނު ވަނީ އިރުޝާދު ދެއްވާފައެވެ.




