އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 3 މްސް ތެރޭގައި 3 ޖަނަރޭޓަރ ސެޓް ފޮނުވިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ނަޖާހް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އޭގެ ތެރެއިން ބައެއް ޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުން އައްޑޫގެ ކަރަންޓްގެ މައްސަލަ ވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ.
އެގޮތުން އެ ސިޓީ އަށް ރޯދައިގެ ކުރިން ފެށިގެން ކަރަންޓް ދެމުން ގެންގޮސްފައިވަނީ ކަނޑައެޅޭ ވަގުތު ތަކެއްގައި ކަރަންޓް ކަނޑަމުންދާ ގޮތަށެވެ. އެ މައްސަލަ ހައްލުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހަލާކުވެފައިވާ 1 ޖަނަރޭޓަރ އޯވަހޯލްކޮށް ހިދުމަތް ދޭން ފަށާފައިޥާއިރު ރީދައިގެ ކުރިންވެސް އެ ސިޓީއަށް ވަނީ 1.2 މެގަވޯޓް ގެ ޖަނަރޭޓަރެއް ގެންގޮސްފައެވެ. އެއާއެކު ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ކުރިން ފެނައިން ބުނެފައިވީނަމަވެސް ރޯދަ މަހުގެ ފަހު 15 އިން ފެށިގެން އަނެއްކާވެސް ކަރަންޓް ކަނޑާ ގަޑިތަށް ވަނީ އިތުރުވެފައެވެ. އެހެންކަމުން އަނެއްކާވެސް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ރޭ ވަނީ މާލެއިން އައްޑޫއަށް ފޮނުވާފައެވެ.
އެކަމާ ގުޅިގެން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަ ނަޖާހް ވިދާޅުވީ ކަރަންޓު ކެނޑަން ޖެހުމުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ އައްޑޫ ސިޓީއަށް ޖަނަރޭޓަރުތައް ފޮނުވަމުން ކަމަށާއި އެގޮތުން، މި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެ ސިޓީއަށް 2 ޖަނަރޭޓަރު ފޮނުވާފައިވާއިރު 3 ވަނަ ޖަނަރޭޓަރު މިހާރު ވަނީ މާލެއިން ފޮނުވާލާފައެވެ.
ނަޖާހު ވިދާޅުވީ ކަރަންޓު ކަނޑަންޖެހުނީ ދެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، އެތަނުން އެއް ޖަނަރޭޓަރު ރަނގަޅުކޮށް ލޯޑް ޓެސްޓިންއަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި ފަހުން ފޮނުވި ދެ ޖަނަރޭޓަރުވެސް މިހާރު އިންސްޓޯލްކޮށް ޚިދުމަތް ފަށާފައިވާކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު ވިދާޅުވިއެވެ.
advertisment
advertisment
One Response
ޖަނަރޭޓަރު ފޮނުވިއަސް މަސްއަލަ ހައްލު ނުކުރެވެބްޏާ ކޮބާއިތޯ ބޭނުމަކީ.
އައްޑޫ ރައްޔިތުން ބޭނުންވަނީ ދިމާވެގެންއުޅޭ މައްސަލާއިގެ ހައްލު.