ފުލުހުންގެ މުއައްސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 24 އިން ފެށިގެން 27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ މާރިޗު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން، ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ބުނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިhttps://t.co/bQim0SoeiI pic.twitter.com/rquOs0FPMi
— Maldives Police (@PoliceMv) March 25, 2025
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގެ އެއް ބޭނުމަކީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުން ކަމަށާއި އެގޮތުން 4 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ދަނީ ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ކަމުގައިވެސް ފުލުހުން ބުނެއެވެ.




