ވައިބަރ ހެކްކޮށްގެން ފައިސާ ހޯދަން މެސެޖް ފޮނުވާ މައްސަލަތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
ވައިބަ ހެކްކޮށްގެން އާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ފައިސާ ހޯދުމަށް މެސެޖްކުރާ މައްސަލަތައް އިތުރުވަމުންދާތީ ފުލުހުންގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ އެފަދަ މެސެއްޖެއް ކުރުމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓް ގެ ހޮޓްލައިން 125 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 119 އަދި ފުލުހުންގެ މަރުކަޒް ތަކަށް އެކަން ރިޕޯޓްކުރުމަށްވެސް ފުލުހުން އެދެއެވެ.
އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.





One Response
ތިކަމުގެެ އަޑީގައިިވެސްް ސްކޭމްް ސެންޓަރުގެެ މުވައްޒަފުންް ވާނެެ.