ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ މެންބަރަކަށް، ސްޕްރީމް ކޯޓަށް އަލަށް އައްޔަނުކުރެއްވި ހުސައިން ޝަހީދު ހަމަޖައްސައިފި އެވެ.
ޖޭއެސްސީ އަކީ 9 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މުސްގިއްލު ކޮމިޝަނެކެވެ. އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހާއި، ހައިކޯޓާއި، ދަށުކޯޓުތަކާއި، އާންމު ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ މަޖިޅިހުން ކަނަޑައަޅާ މެމްބަރަކާއި، ސިވިލްސާވިސް ކޮމިޝަނުގެ ރައީސް ޢާއި، އެޓާނީޖެނެރަލް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެމްބަރަކާއި ގާނޫނީ ވަކީހލުން ތަމްސީލުކުރާ މެމްބަރަކު ހިމެނެއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އަކީ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި، ފަނޑިޔާރުން ވަކިކުރުމާއި އައްޔަން ކުރުން ހިމެނޭ ގޮތަށް ފަނޑިޔާރުން ރެގިއުލޭޓް ކުރަން ގާނޫނުއަސާސީން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.





One Response
Dheen ves kaalee