ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ޑިޕާޗަރ ޓަރމިނަލުން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލާގައި ހައްޔަރުކުރި 2 މީހުން ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.
ވީއައިއޭގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް ގެ މުވައްޒަފުން ޗެކްކުރިއިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް ތަހުޤީޤުކުރަމުން އަންނަކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ރޭ ވަނީ ބުނެފައެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ 25 މާރޗް 2025 ވަނަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރެޓް ދިވެހިރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ރޭ ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލައިގެ ތުހުމަތުގައި 2 މީހަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށް، މިއަދު ކޯޓަށް ހާޒިރުކުރުމުގެ ޝަރުތުތަކާއެކު އެ 2 މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. ސިލްވަރ ނެސްޓް އުމުރުން 45 އަހަރުގެ އަޙްމަދު އަފްސަލް އާއި ދަފްތަރު ނަންބަރު އާރއެސް 14358 އުމުރުން 45 އަހަރުގެޔޫސުފް ނަޒީރު ކަމަށެވެ.





One Response
ވާނުވާ އެންމެންވެސް ސަރުތާއެކީ ދޫކޮށްލަންވީނޫންތޯ،