މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު މަގުމަތިން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މީހާ ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހައިފިއެވެ. އެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާއަކަށް ފަހު އެ ރޭ ދަންވަރު ގެއްށް ދިޔަ މަގުމަތިން މަންދިގެ ގަޔަށް ކަޅުތެޔޮ ޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އުމުރުން 20 އަހަރުގެ އަހުމަދު ރިޝްމާހް އެވެ.
ރިޝްމާހް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފުލުހުން އޭނަގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުން ދިނުމާއި އިންޒާރު ދިނުމުގެ ތުހުމަތެވެ. އަދި ރިޝްމާހު ބަންދަށް އިއްޔެ ރޭ ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.




