ކުޑަކުދިންގެ ޕާކު ނެތް 12 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ޙަވާލުކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ގެ ފަރާތުން މި 12 ރަށުގައި ޕާކު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޑރ. ފާޠިމަތު މުނާއެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އެސިންޓެންޑް ކޮމިޝަނރ އޮފް ޕޮލިސް ރިޓަޔަރޑް އަހްމަދު ސައުދީ އެވެ.
އެމްޓީސީސީއާއި ޕާކް ތަރައްގީކުރުމަށް ހަވާލުކުރި ރަށް ތަކަކީ ށ. ފީވަކާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫއާއި އަދި ނ. ކުޑަފަރީގެ އިތުރުން މ. ވޭވަށާއި، މ. މަޑުއްވަރީގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ ފެނަކައާއެކުގަ އެވެ. ށ. ކޮމަންޑޫއާއި، ނ. މަނަދޫއާއި، ނ. ފޮއްދޫއާއި އަދި ފ. ނިލަންދޫގައި ޕާކު ތަރައްޤީކުރުމަށް ސޮއިކުރީ އެމްޓީސީސީއާއެކުގަ އެވެ.
މީގެ އިތުރުން ނ. ކެނދިކުޅުދޫއާއި، ނ. ވެލިދޫގައި ޕާކު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އެވެ.
މިއަދު ސޮއިކުރި ކުޑަކުދިންގެ ޕާކުތައް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ ނިންމުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.





One Response
މިހާރު ޕާރމަނަންޓް ސެކެޓްރީތަ މަޝްރޫއު ތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަނީ?