ސިފައިންނާ ފުލުހުންނާ ސަރުކާރުގެ ކުންފުނިތަށް ގުޅިގެން އިއްޔެ ހަވީރު ބޭއްވި ހަރަކާތްތަށް މިއަދާ މާދަމާގެ ހަވީރުވެސް ކުރިއަށްދާނެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މާލޭގެ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާން ސަރަހައްދު ހިމެނޭ ގޮތަށް އެމްއެންޑީއެފް އާއި ފުލުހުންނާއި އަދި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް އެކުވެގެން ބޭއްވި ކުޅިވަރު ހަރަކާތްތަކަށް ބޮޑުތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
މާލޭގައި އެފަދަ ބޮޑު އިވެންޓެއް އީދު ދުވަހާ ގުޅުވައިގެން ބޭއްވުމުގެ ބޭނުމަކީ އިސްލާމީ މުހިއްމު އެ މުނާސަބަތުގެ އުފަލުގައި ވީހާ ވެސް ގިނަ އާއިލާތަކެއް އެއްތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމާއި ކުޑަކުދިންނަށް އީދުގެ އުފާވެރިކަން ގެނެސްދިނުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.




