ކ ކާށިދޫ އާއި ހއ ކެލާގެ ފަޅުތެރޭގައި ޓޫރިސޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.
ކ ކާށިދޫ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން 15 އެޕްރީލު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަދި 06 މޭ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 5 ޖޫން 2025 ވާ ބްރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުމަށް އެދިފައި ވެއެވެ.
އަދި ހއ ކެލާ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން 15 އެޕްރީލު 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަދި 06 މޭ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 5 ޖޫން 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުމަށް އެދިފައި ވެއެވެ.
ކ ކާށިދޫ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 14 އެޕްރީލު 2025 ވާ ހޯމަ ދުވަސް އަދި 05 މޭ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުމަށް އިއުލާނުގައި އެދިފައިވާއިރު ހއ ކެލާ ފަޅުގައި ރިސޯޓް ތަރަށްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައިއި 14 އެޕްރީލު 2025 ވާ ހޯމަ ދުވަސް އަދި 05 މޭ 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.
ހއ ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށް އެރަށުގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއް ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.
މީގެއިތުރުން، ކ. ކާށިދޫ ފަޅުގެ ތެރެއިން 115.21 ހެކްޓަރުގެ ފަޅުގެ ސަރަހައްދެއްގައިވެސް ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިއަދުވަނީ ހުޅުވާލާފައެވެ.




