އައްޑޫގެ ކުޅިއެއްތެރޭގައި މަރުވެފައޮތް މީހަކު ފެނިއްޖެ އެވެ.
އައްޑޫގެ އާރިކިޅީގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ އާރިކިޅީގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:33 ހާއިރު ލިބިފައިވާ ކަމަށާއި، އެ މީހާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރޔު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ހިތަދޫގެ އާރިކިޅި އަކީ އައްޑޫ ހައި ސްކޫލުގެ ބިއްދޮށު މަގުގައި އޮންނަ ކުޅިއެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުޅި ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީއެކެވެ. ނަމަވެސް އެމީހާއާއިބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެެވެ.




