މަސްތުވާތަކެތީގެ މައްސަލައެއްގައި ޒުވާން އަންހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރ. މަޑުއްވަރީ 30 އަހަރުގެ އައިޝަތު ނަޝާޔާ ގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަ؛ލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފަ އެވެ.
އައިޝަތު ނަޝާޔާގެ ބަންދު އަމުރުގައިވާ ގޮތުން އެނާ އަކީ ކުރިންވެސް ކުށުގެ ރެކޯޑް އޮތް އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ.




