އަންން މޭ މަހު އައު ތެލެސީމިއާ ސެންޓަރުގެ ޙިދުމަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 2 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ސިފައިން ކުރައްވަމުންގެންދަވާ ކަމަށާއި އޭޕްރީލް 30 ގެ ނިއަލަށް ސިފައިންނާ ހަވާލުކޮށްފައިވާ މަސައްކަތް ނިންމާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ތެލެސީމިއާސެންޓަރުގެ މަސައްކަތް ނިންމުމަށް އެމަނިކުފާނު ދެއްވި މުއްދަތަކީ 1 މަސްދުވަސް ކަމަށާއި، ހުއްޓާނުލައި 24 ގަޑިއިރު އެ ތަނުގެ މަސައްކަތްތައް ކުރުމަށް ސިފައިންނަށް އެ މަނިކުފާނު އިރުޝާދު ދެއްވާފައިވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނުވަނީ ސިފައިންނަކީ ވަރަށް ހީވާގި، ވަރަށް ޑިސިޕްލިން، ބުރަ މަސައްކަތް ކުރައްވާ ބައެއް ކަމަށާއި، އެ މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ސިފައިން ނިންމަވާނެ ކަމުގެ ޔަގީން ކުރައްވާ ކަމަށެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ކަމުގައިވާ މެއި މަހުގެ 8 ވަނަ ދުވަހު އެތަން ހުޅުވުިގެންދާއިރު އެ ސެންޓަރުގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ވަރަށް ހިތްގައިމު އިހްސާސްތަކެއް ކުރެވޭ ގޮތަށް މާއުނދަގުލެއް ކުދިންނަށްވެސް ދިމާނުވާގޮތަށް، މިހާރަށްވުރެވެސް ރަނގަޅު ޚިދުމަތްތައް ލިބޭނެ އަދި ގިނަ ވަސީލަތްތަކެއްވެސް ހަމަޖައްސާދީފައިވާނެ ކަމަށާއި، ޑީ.އެން.އޭ. ޓެސްޓްކުރާނެ މެޝިންތައް ހޯދުމާއި، އެކަހަލަ ވަރަށްގިނަ ސާމްޕަލްތައް ބަހައްޓާނެ ޖާގަވެސް ތަނުގައި ވަރަށްބޮޑުވާނެ ކަމަށާއި އިތުރު ފްރިކޖްތައްވެސް ބެހެއްޓިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރުވެސް ސީނިއަރ ފިޒިޝަނެއް ފުލްޓައިމްކޮށް މަސައްކަތް ކުރަން ފަށާފައިވާނެ ކަމަށާއި، 5 ނަރުހުން ހޯދުމަށް މިހާރު ހުޅުވާލާފައިވާނެ ކަމަށެވެ.




