ސިނގިރޭޓް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލަން ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 2 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދުންފަތް މަދުކުރުމަށް ފަހަރަކު ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކުރުމުން އެކަން އެއްކޮށް ހައްލު ނުވާ ކަމަށާއި، އެހެންވީމަ އެމަނިކުފާނު އެދެނީ ސިނގިރޭޓް އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލަން ކަމަށެވެ.
މިކަހަލަ ކަމަކުން ދުރުކުރާކަށް ފަހަރަކު ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެނެއް މިކަމެއް ނުވާނެ. އެހެންވީމާ، ސިނގިރޭޓް އެތެރެކުރާ މީހުންނަށް އެ ދެވެނީ ފުރުޞަތެއް. އެ މީހުން އެތަންކޮޅު އެޖަސްޓްކޮށްގެން ހަމަ ވިއްކަމުން ދާން އެ ވިޔަފާރި. އަޅުގަނޑު އެދެން، ސިނގިރޭޓް އެތެރެކޮށް، ސިނގިރޭޓް ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާއިގެން އުޅެން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ. ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ މި ގައުމަކީ ކުޑަކުޑަ ގައުމެއް ކަމަށާއި، މިގައުމަކީ މިލިއަނުން މީހުންއުޅޭ ގައުމެއް ނޫންކަމަށާއި، މިގައުމުގައި އެ ވިޔަފާރި ނޮކޮށް އެހެން ކަމަކަށް އިންވެސްޓްކޮސްގެން އެ ވިޔަފާރިކުރުން ރަނގަޅުވާނެ ކަމަށާއި، މި މުޖުތަމައު އެ ވަބާއިން ސަލާމަތްކުރުން މާ ރަނގަލޫ ކަމަށެވެ.




