ދުންފަތުގެ ވިޔަފާރިކުރަނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށާއި، އެމީހުން މުޒާހިރާތަކަށް އެހީވަމުންދާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 2 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ސިޔާސީގޮތުން ދަތިތަށް ކުރިމަތި ކުރުވާ ކަމަށާއި، އެ ވިޔަފާރިތައް ކުރަނީ އިދިކޮޅަށް ނިސްބަތްވާ ފަރާތަކުން ކަމަށާއި އަދި އެ ފަރަތްތަކުން ދަނީ އިދިކޮޅު މުޒާހިރާތަކަށް ޙަރަދުކުރަމުން ކަމަށެވެ.
ދެން ސިޔާސީވެސް ކުރޭ މިކަންތައް އިނގޭތޯ. ވަރަށް ބޮޑަށް ސިޔާސީކުރޭ. ދެން އަޅުގަނޑު ބަލައިލާއިރުގައި، ސިނގިރޭޓްވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ މީހުން އިނގޭތޯ. އެ މީހުން މި މުޒާހަރާތަކަށްވެސް އެބަ އެހީދޭ. އަޅުގަނޑަށް މަޢުލޫމާތު ލިބޭނެ ނޫންތޯ. އެ މީހުން ބޭނުންވާނީ، ކީކޭ ދަންނަވާނީ، މިކަން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން. ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.
އެ މީހުން ބޭނުންވާނީ، ކީކޭ ދަންނަވާނީ، މިކަން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން. އެހެންވީމާ، ސިޔާސީ ނުކުރާށޭ، ދެން ރައްޔިތުންގެ ޞިއްޙަތު. ރައީސް ވިދާޅުވިއެވެ.
ދުންފަތާ ގުޅުންހުރި ކަންކަން ތަންފީޒުކުރުމުގައި ރައީސް އޮފީހާއި ކަމާ ގުޅުންހުރި މުވައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށާއި އެގޮތުން އެ ކަސްޓަމްސްއާއި އެކަމުގައި ޝާމިނލްވާ އެހެނިހެން މުވައްސަސާތަކާއެކު އެމަނިކުފާނު ދަނީ މަސައްކަތްތަކެއް ކުރަށްވަމުންކަމުގައިވެސް ރައްޔިތުންނާއެކު ޕްރޮގްރާމުގައި އެމަނިކުފަނު ވިދާޅުވިއެވެ.




