ރައީސް މުއިއްޒު ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 1 ވަނާގައި އޮތް ލިވަޕޫލް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ދެމެދު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ހަދާފައިވާ ޕާޓްނާރޝިޕް އިފްތިތާހުކުރުމަށް އިނގިރށިވިލާތަށް ރައީސް ޑރ.މުއިއްޒު މިއަދު ކުރެއްވި ދަތުރުފުޅުގައި ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި، ފުޓުބޯޅައިގެ ކޯޗިންގްގެ އަދި ތަމްރީނުތައް ބައްލަވާލައްވައިފިއެވެ.
އެންމެ ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިންގ ސެންޓަރަށް ކުރެއްވި މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރީންނަށް ފުރުޞަތުތައް ފަހިކޮށްދެވޭނެ ގޮތްތައް އޮޅުންފިލުއްވާފައެވެ.
އެމްއެމްޕީއާރުސީއާއި ލިވަޕޫލާއި ދެމެދު ހަދާފައިވާ ޕާޓްނާރޝިޕް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފުޓްބޯޅަ ތަރަށްގީކުރުމަށް އެކަޑަމީއެއް ގާއިމްކޮށް ސްޕޯޓްސް ޓޫރިޒަމް ތަރައްގީކުރުމަށް ކަނޑައަޅާފައި ވެއެވެ.




