ހޮޅުދޫ ބޯޓުގައި ރޭ ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުނު މީހާގެ ހޯދުމަށްޓަކައި ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.
ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެފައިވަނީ ރޭ 21:07 ހާއިރުގައެވެ. މިބޯޓު ރޭ ދަންވަރު 02:07 ހާއިރު މުޅިން އަޑިއަށްގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން. އެމެއެންޑީއެފް
އެ ބޯޓުން ދަތުރު 18 މީހުންގެތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް އެ ބޯޓުން ދަތުރުކުރި ލ.މާވަށު ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުހައްމަދު ޝަރީފް އަދިވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ 3 އުޅަންދެއްގެ އިތުރުން ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ބޯޓު އަޑިއަށް ގޮސް އޭގެ ބައިތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ.




