ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާތީ ދެކުނުކޮރެއާގެ ރައީސް ޔޫން-ސުކް-ޔުލް މަގާމުން ވަކިކުރަން އެގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމައިފި އެވެ.
ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރު މޫން ހިޔުންގ-ބޭ ވިދާޅުވީ 3 ޑިސެމްބަރު 2024 ގައި އެގައުުގެ ރައީސް ޔޫން ނެރެފައިވާ ކުއްލިނުރައްކަލުގެ ހާލަތު ގާނޫނަކީ ޤާނޫނުއަސާސީގެ ބާރު ކެނޑޭގޮތަށް ގާނޫނު އަސާސީން އޭނާއަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ނެރެފައިފާ އަމުރެއް ކަމަށެވެ. އެހެންކަމުން ރައީސް ޔޫން އަކީ އެ ގައުމުގެ ޑިމޮކްރަސީއަށް ކުރިމަތިވެފައިވާ ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ސިޔާސީ ހަލަބޮލިކަން ފެށުނީ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާ ޕާލަމެންޓުން ސަރުކާރު ޕެރަލައިޒް ކުރާ ކަމަށް ތުހުމަތު ކޮށް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ޔޫން ސަޕްރައިޒް މާޝަލް ލޯ އޯޑަރެއް ނެރެ، މީޑިއާ ސެންސަރު ކުރުމާއި ސިޔާސީ ހުރިހާ ހަރަކާތެއް ހިންގުން މަނާކޮށް ސިފައިންނާ ފުލުހުން މަޖިލިސްކުރާ ގެއަށް ބާރު ފޯރުވުމުންނެވެ.
އަދި އެ މައްސަލާގައި އެ ގައުމުގެ މަޖިލީހުން ވަނީ އިތުބާރުނެތްކަމަށް ފާސްކޮސްފައެވެ. އެހެންކަމުން މަޖިލީހުގެ އިމްޕީޗްމަންޓް ދަމަހައްޓައި ރައީސް ޔޫން މަގާމުން ވަކިކުރުމަށް ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ ނިންމާފައެވެ.




