އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް 34 އިންސައްތައިގެ ޓެރިފް ކަނޑައެޅުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ ހުރިހާ ބާވަތްތަކަކުން 34 ޕަސެންޓް ޓެރިފް ނަގަން ނިންމާފައިވާ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާއިން ކަނޑައެޅީ އާ ޓެރިފް އަކީ ޓްރަމްޕް މި ހަފުތާގައި އޯޑަރު ކުރެއްވި ޗައިނާގެ އެކްސްޕޯޓްތަކުން އެމެރިކާގެ "ރެސިޕްރޯކަލް" ޓެރިފްގެ 34 ޕަސެންޓުގެ ރޭޓާ އިދިކޮޅެވެ. ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ނޯޓިސްއެއްގައި ބުނީ ކޮމްޕިއުޓާ ޗިޕްސް އަދި އިލެކްޓްރިކް ވެހިކަލް ބެޓެރީ ފަދަ ހައިޓެކް ޕްރޮޑަކްޓްތަކުގައި ބޭނުންކުރާ މެޓީރިއަލްތައް ކަމަށްވާ ރެއާ އާތުސް އަށް އިތުރު އެކްސްޕޯޓް ކޮންޓްރޯލްތަކެއް އަޅާނެ ކަމަށެވެ.
ކޮންޓްރޯލްގެ ދަށުން މިނަރަލްސްގެ ލިސްޓުގައި ހިމެނުނީ އެރޯސްޕޭސް އުފެއްދުމާއި ދިފާއީ ދާއިރާގައި ބޭނުންކުރާ ސަމަރިއަމް އާއި އޭގެ ކޮމްޕައުންޑްތަކާއި، އެމްއާރްއައި ސްކޭންތަކުގައި ބޭނުންކުރާ ގަޑޮލިނިއަމް އެލިމެންޓެއް ތަކެވެ. ބެއިޖިންއިން ވަނީ ޓެރިފްގެ މައްސަލައިގައި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ވެސް މައްސަލަ ހުށަހަޅާފައިވާކަން އިއުލާނުކޮށްފަ އެވެ.
ކޮމާސް މިނިސްޓްރީން ބުނީ އެމެރިކާއިން އެސްއޯ "ރެސިޕްރޯކަލް ޓެރިފް" ނެގުމަކީ ޑަބްލިއުޓީއޯގެ ގަވައިދުތަކާ ވަރަށް ބޮޑަށް ހިލާފުވެ، ޑަބްލިއުޓީއޯގެ މެމްބަރުންގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގަވައިދުތަކަށް ބިނާވެފައިވާ މަލްޓިލޭޓަރަލް ޓްރޭޑިން ސިސްޓަމާއި ބައިނަލްއަގުވާމީ އިގްތިސާދީ އަދި ވިޔަފާރީގެ ނިޒާމަށް ވަރަށް ބޮޑަށް ބުރޫއަރާ ކަމެއް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ޗައިނާއިން ވަނީ އެމެރިކާއިން އެތެރެކުރާ ކޯލް އަދި ލިކުއިފައިޑް ނެޗުރަލް ގޭހުގެ ބާވަތްތަކުން 15 އިންސައްތަ ޓެރިފް ނަގަން ނިންމައިފަ އެވެ. އެގޮތުން ތެލާއި ދަނޑުވެރިކަމުގެ މެޝިނަރީއާއި ބޮޑެތި އިންޖީނުގެ ކާރުތަކުން 10 އިންސައްތަ ޓެރިފް ވަކިން ވަނީ އިތުރުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް ކައުންސިލް ޓެރިފް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ފަހުގެ ޓެރިފްތައް އެމެރިކާގައި އުފައްދާ ހުރިހާ ޕްރޮޑަކްޓަކަށް ވެސް އަމަލުކުރާނެ ކަމަށެވެ.