ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އިގިރޭސިވިލާތަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ކިޔަވަންތިބޭ ދިވެހި ކިޔަވާ ކުދިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ރެސްޕޮންސް ދަށްވުމާއި އީމެއިލްތަކަށް ޖަވާބު ދިނުން ލަސްވުން ފަދަ ކަންކަމުގެ ޝަކުވާތަށް އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ކަމަށާއި، އެކަންކަމަކީ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމަށާއި އެ ކަންކަން ހައްލުކޮށް ކިޔަވާ ކުދިންނަށް އެކަންކަން ފަސޭހަކޮށްދެއްވުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރައްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަވަސްކޮށް ޖަވާބު ދިނުމާއި އަވަހަށް އޮންޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުން ވިޔަސް ކަންކަން، މިކަންކަން ރަނގަޅުކޮށްދިނުމުގެ ކަންތައް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ (އެމް.އެސް.އޭ- ޔޫ.ކޭ) އާ އަލުން ހަވާލުކުރައްވައިފިއެވެ.
ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި، ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި މި ޢިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފައެވެ. އެހެންނަމަވެސް، މިއަދުން ފެށިގެން، އެ ޢިމާރާތް ވަނީ، އެމް.އެސް.އޭ- ޔޫ.ކޭ އާ ރަސްމީގޮތުން ހަވާލުކުރައްވާފައެވެ.





One Response
ތިހެން ކިތަން ފެށީ ވެރިކަމަށް ހޮވުނުތާވެސް. ޢަދިވެސް ކިޔަނީ ގުދޯ ގުދޯ. ޞަރަވެލި ވެރިކަން.