ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިގެން އެ މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އެއާޕޯޓަށް ފުރަންގޮސްހުއްޓައި އެމީހާގެ އަތުން ވަޒަންތަށް ފެނިފައިވާ މައްސަލާގައި ރޭ ހައްޔަރުކުރި މީހާ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 6 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާ ކަމަށާއި، މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެ ބިދޭސީ މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމަނުކުރާނެ ކަމަށެވެ.
ނަމަވެސް، ބައެއް ފަރާތްތަކުން މީސްމީޑިއާގައި ބުނެފައިވަނީ ހައްޔަރުކުރީ ޓޫރިސްޓެއްގެ ގޮތުގައި ރާއްޖެ އައި ކޮލަމްބިއާ މީހެއް ކަމަށެވެ.




