ސޮނީ ޓީވީން ގެނެސްދޭ ސީއައިޑީ ޑްރާމާގައި ފެނިގެންދާ އޭސީޕީ ޕްރަދްޔުމަން ގެ ރޯލު 27 އަހަރަށް ފަހު އެ ޑަރާމާއިން ދެން ނުފެންނާނެއެވެ.
ދިވެހިންގެ މެދުގައިވެސް މަޝްހޫރު އޭސީޕީ ޕްރަދްޔުމަން ވަނީ އެ ޑްރާމާ ސިލްސިލާގެ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ އެޕިސޯޓްގައި މަރުވެފައެވެ. އެއާއެކު ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މިއީ ސޮނީ ޓީވީގެ ނިމުމެވެ.
ސޮނީ ޓީވީން އެންމެ ފަހުން ގެނެސްދިން އަދި ހޮނިހިރު ދުވަހުގެ ރޭ ސޮނީލިވް އިން ސްޓްރީމްކުރި ސީއައިޑީ އެޕިސޯޑުގައި ޝިވާޖީ ސަޓަމް ކުޅެފައިވާ ކެރެކްޓާ މަރާލާފައިވަނީ ފިލްމު ޑައިރެކްޓަރު އަދި އެކްޓަރު ޓިގްމަންޝޫ ދޫލިއާ ކުޅެފައިވާ ޝޯގެ ވިލަން ބަރްބޯޒާ ދިން ބޮމުގެ ހަމަލާއެއްގަ އެވެ.
މި އެޕިސޯޑަށް ފަހު ސޮނީ ޓީވީން ވަނީ އޭސީޕީ ޕްރަދުޔުމަންގެ ފޮޓޯ ހިމެނޭ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ވާ ބަސްތަކުގައި ލިޔެފައި ވަނީ "ޒަމާނެއް ނިމުމަކަށް އައުމެވެ. އޭސީޕީ ޕްރަދްޔުމަން (1998-2025)" އަދި އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައި ވަނީ "އޭސީޕީ ޕްރަދުޔުމަންގެ ލޯބީގެ ހަނދާނުގައި… ދުވަހަކުވެސް ހަނދާން ނައްތާނުލެވޭނެ ގެއްލުމެއް" އެވެ.
އެ ޕޯސްޓްގެ ކޮމެންޓް ސެކްޝަނުގައި ސަޕޯޓަރުން ވަނީ ރުޅިވެރިކަމާއި ހައިރާންކަން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި "ސޮރީ، އެއީ އޭސީޕީ ޕްރަދްޔުމަންއަށް އާރްއައިޕީ އެއް ނޫން،" އެއީ "ސީއައިޑީއަށް އާރްއައިޕީ" އެވެ. އަދި ސޮނީ ޓީވީއަށް "އާރްއައިޕީ" އެވެ.
އެހެން މީހަކު ބުނެފައިވަނީ "ސޮނީ އިން ނިމުމަކަށް ތިޔަ ގެނައީ ހަމައެކަނި ކެރެކްޓާއެއް ނޫނެވެ. ތިޔަ ނިމުމަކަށްގެނައީ ލެގަސީއެއް، އެތައް މިލިއަން ބައެއްގެ އިހުސާސްތައް، އޭސީޕީ ސަރ އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދު ދެމިއޮންނާނެ"
"27 އަހަރު ވަންދެން ގާތްގަނޑަކަށް ކޮންމެ ކޭސްއެއް 1 ނުވަތަ 2 އެޕިސޯޑުން ހައްލުކުރި ނަމަވެސް ޕްރޮމޯޝަނެއް ނުލިބެ، އޭސިޕީއެއްގެ ގޮތުގައި ފަށައި އޭސީޕީއެއްގެ ގޮތުގައި މަރުވީ" ފޭނަކު ހިއްސާކޮށްފައިވާ ރިޕްލައިއެއްގައި ވެއެވެ.
ސީއައިޑީއިން ވަކިވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝިވާޖީ ސަޓަމް ބޮމްބޭ ޓައިމްސް އަށް ބުނީ އޭނާ ބްރޭކެއް ނެގީ ދުވަސްކޮޅަކަށް ކަމަށާއި ޝޯގައި ކުރިއަށް އޮތީ ކިހިނެއްކަން ޕްރޮޑިއުސަރުންނަށް އެނގޭ ކަމަށެވެ. އަދި އޭނާގެ ޓްރެކް އަލުން ދިރުވާނެތޯ ނުވަތަ ނޫންތޯ އިނގޭނީ ޕްރޮޑިއުސަރުންނަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެެ.
ފުލުހުންގެ ޕްރޮސީޖަރަލް ޝޯ 1998 ވަނަ އަހަރު ފެށުނު އިރު، ފާއިތުވި އަހަރުތަކުގައި ކަލްޓް ފޮލޯވިންއެއް އުފެއްދި އެވެ. އޭގެ ފުރަތަމަ ސީޒަން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނިމުމާ އެކު، ދެވަނަ ސީޒަނަކަށް ޝޯ އާކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސީއައިޑީއިން މިހާތަނަށް 1600 އެއްހާ އެޕިސޯޑް ފެނިފައިވާއިރު މިއީ އިންޑިއާގެ ޓީވީގައި އެންމެ ގިނަ ދުވަހު ކުރިއަށް ގެންދިޔަ ފިކްޝަނަލް ޝޯއެވެ.




