ކާބޯތަކެތީގެ ހިދުމަތްދޭ 4 ތަނެއް ބަލައި ފާސްކޮސް 6 ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި އިއްޔެ މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށާއި އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން އެތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 06 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި އިއްޔެ މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ވަނީ ބަލައި ފާސްކުރެވިފައި. އަދި މި ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 06… pic.twitter.com/BPUJBO7PVZ
— Maldives Immigration (@ImmigrationMV) April 7, 2025
މިމަހުގެ 4 ވަނަ ދުވަހު ހިންގި އިމިގްރޭޝަނުން އޮޕަރޭޝަނެއްގައިވެސްވަނީ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށް، ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން މިދިޔަ މަހުގެ 23 ގައި ހިންގި މިފަދަ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިންވެސް މާލޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކުވެސް އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުންވަނީ މިދިޔަ އަހަރު އެކަނިވެސް 5600އަށްވުރެ ގިނަ ބިދޭސީން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.




