ށ ފުނަދޫގައި ކަނދުފަތި ސެންޓަރެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރަށް ބޭނުންވާ ށ ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރަށް ބޭނުންވާ ބިން މިހާރު އެ ރަށުިން ހަމަޖެހިފައިވާކަމަށާއި މި ސެންޓަރަކީ ރާއްޖޭގައި ޤާއިމްކުރާ 2 ވަނަ ކަނދުފަތި ސެންޓަރު ކަމަށެވެ.
އެ މިނިސްޓަރީން ބުނީ ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއްކަމަށާއި އެއީ ހުޅުމާލޭގައި ހުރި ކަނދުފަތި ސެންޓަރު ކަމަށެވެ. އެހެންކަމުން އެކަމަކީ ކަނދުފަތިތައް ޤާއިމްކުރުމަށް އެ މިނިސްޓްރީއަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ގޮންޖެހުމެއް ކަމަށާއި، އެކަމަށް ހައްލު ގެނައުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ސެންޓަރުތްއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ 2 ކަނދުފަތި ސެންޓަރުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ށ ފުނަދޫގައި ގާއިމްކުރާ ކަނދުފަތި ސެންޓަރު ކަމަށާއި، އެ ކަމަށްޓަކައި އެރަށުން މިހާރު 10،000 އަކަފޫޓުގެ ބިމެއް ލިބިފައިވާތީ މިހާރު ކުރަމުންގެންދާ މަސައްކަތަކީ އެ ބިން ސާފުކުރުމުގެ މަސައްކަތް ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
އެއަށްފަހު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ސެންޓަރުގެ ޑިޒައިން ފައިނަލް ކުރެވިގެންދާނެކަމަށާއި، އަދި އެއަށްފަހު ބިޑަށް ހުޅުވާލާނެކަމަށްވެސް އެ މިނިސްޓަރީން ބުނެއެވެ.
އަދި އުންމީދަކީ ޖުލައި މަހުގެ ތެރޭގައި މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުންކަމަށް ވަނީ ވިދާޅުވެފައެވެ.
މިވަގުތު ދޮށީގެ މަސްވެރިކަމަށް ހާއްސަ 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް ހާއްސަ26 ކަނދުފަތި ފިޝަރީޒް މިނިސްޓަރީން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އަޅާފައިވެއެވެ.




