ރަސްމީ ދަތުރުފުޅެއްގައި ފޮރިންގ މިނިސްޓަރ ޑރ ޚަލީލް މޮލްޓާއަށް ފުރާވަޑައިގަންނަވައިފި އެވެ.
މިނިސްޓަރ ޑރ ހަލީލް ގެ މި ދަތުރުފުޅާ ބެހޭގޮތުން ފޮރިންގ މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި އެމަނކުފާނު މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިއަން ބޯގްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
މީގެ އިތުން މި ދަތުރުފުޅުގައި މޯލްޓާގެ އިތުރު ކެބިނެޓް މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން އެ ގައުމުގެ ސަރުކާރާ ދެމެދު ކުރިއަށް ގެންދަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުން ހިމެނެއެވެ. އަދި ފަތުރުވެރިކަމާއި ވިޔަފާރި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދާނެކަމަށް ފޮރިންގ މިނިސްޓްރީން ބުނެފައިވެއެވެ.




