ޑޮމިނިކަން ރިޕަބްލިކްގެ ނައިޓް ކްލަބެއްގެ ފުރާޅު ވެއްޓުމުގެ ހާދިސާގައި އެތައްބަޔަކު މަރުވެއްޖެއެވެ.
ޑޮމެނިކަން ރިޕަބްލިކު ގައި ރޭ ހިނގި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 79 އަށް އަރާފައިވާ ކަމަށާއި، މަރުވި މީހުންގެ ތެރޭގައި އެ ގައުމުގ މަޝްހޫރު ލަވަކިޔުންތެރިއަކު ވެސް ހިމެނެ އެވ.ެ ރެސްކިއު ވޯކަރުން ދަނީ ޒަހަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ.
ނައިޓްކްލަބްގެ ފުރާޅު އެތަނުގެ ތެރޭގައި ތިބި އެތައް ސަތޭކަ މީހުންގެ ބޯމައްޗަށް ވެއްޓުނުތާ ގާތްގަނޑަކަށް 12 ގަޑިއިރު ފަހުން ވެސް ރެސްކިއު ވޯކަރުން ދަނީ ސަލާމަތްވި މީހުން ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ވެރިރަށް ސެންޓޯ ޑޮމިންގޯގެ ނައިޓްކްލަބްތެރޭގައި އެވަގުތު 300 އެއްހާ މީހުން ތިއްބެވެ. އަދި މިހާތަނަށް 155 މީހަކު ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މެންޑޭޒް ވިދާޅުވި އެވެ. އަދި އެ ކްލަބުގައި 500 އާއި 1000 އާ ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެ އެވެ.
މަރުވި މީހުންގެ ތެރޭގައި އެ ގައުމުގެ ހުޅަނގު އުތުރު ޕްރޮވިންސްގެ މޮންޓެކްރިސްޓީގެ ގަވަރުނަރު އަދި ހަތް ފަހަރު މޭޖާ ލީގު ބޭސްބޯލް އޯލް ސްޓާ ނެލްސަން ކްރޫޒްގެ ކޮއްކޮ ނެލްސީ ކްރޫޒް ހިމެނެ އެވެ. ރޭ ދަންވަރު 12:49 ގައި އޭނާ ރައީސް ލުއިސް އަބީނާޑާއަށް ގުޅުއްވައި އޭނާ ތާށިވެފައިވާ ކަމަށާއި ފުރާޅު ވެއްޓިފައިވާ ކަމަށް ވިދާޅުވެފައެވެ. އޮފިޝަލުން ބުނި ގޮތުގައި ކްރޫޒް މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.




