ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސަރވިސް ގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތަށް އިތުރަށް ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އާ މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވުމާއެކު، އެކަން އަވަސްކޮށް ވަގުތުން ކުރަންޖެހިފައިހުރި މަސައްކަތްތަކަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާގެ ލަފާގެ މަތިން ސިވިލް ސާރވިސްގެ ތެރޭގައި (އެހެން އިދާރާއެއްގައި) މަސައްކަތްކުރައްވަމުންގެންދިޔަ ޑިރެކްޓަރ ޖެނަރަލެއް ވަގުތީ ގޮތުން މީގެ ކުރިން ވަނީ ހަމަޖައްސަވާފައެވެ.
ނަމަވެސް ތެލެސީމިއާ ޤާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސުމަށްޓަކައި އެމަގާމަށް ކުރިމަތިލުމަށް ވަނީ އިއުލާނުކޮށްފައެވެ. ތެލެސީމިއާ ޤާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސަންޖެހެއެވެ. މިއީ ވަކި އިޖުރާއާތުތަކަކާއި އިޞޫލުތަކެއްގެ ތެރެއިން ޤާނޫނާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަމަކަށްވާތީ ސިވިލް ސާވިސް ކޮމިޝަނުން މިއަދު ވަނީ އެ އިޖްރާއަތް ތަކުގައިވާ ގޮތުގެ މަތިން ރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސަރވިސް ގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފަ އެވެ.
އިއުލާނުގައިވާގޮތުން އެ މަޤާމުގެ އަސާސީ މުސާރައަކީ 21,884.00 ރުފިޔާ އެވެ. އަދި އެލަވަންސްގެ ގޮތުގައި 12,534.00 ރުފިޔާ އާއި ހާޒިރުވާ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސް ގެ ގޮތުގައި ކޮންމެ ދުވަހަކަށް 339.00 ރުފިޔާ ހަމަޖެހިފައި ވެއެވެ.
އެ މަޤާމުގެ ޝަރުތު ތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 04 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައ މަސައްކަތްކޮށްފައިވުން. ހިމެނެއެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 2025 އެޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމަށާއި އެ ވަޒީފާއަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އިއުލާނުގައި ބުނެފައިވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ފޯމް ސިވިލް ސާވިސް ކޮމިޝަނުގެ admin@csc.gov.mv އަށް އީ މެއިލް ކުރައްވައިގެންނެވެ.




