ފްލައިޓެއްގެ ތެރޭ ފަސިންޖަރަކު ޖެހިގެން އިން ޕަސިންޖަރު ގަޔަށް ކުޑަކަމުގޮއްސި އެވެ.
މި ހާދިސާ ހިނގާފައިވަނީ ނިއުދިއްލީއިން ބެންކޮކަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓެއް (އޭއައި 2336) ގައެވެ. މި ހާދިސާ ގައި ކަޑަކަމުގޮސްފައިވަނީ ބްރިޖްސްޓޯން އިންޑިއާގެ މެނޭޖިން ޑިރެކްޓަރު ހިރޯޝީ ޔޮޝިޒާންގައި ތުޝާރު މަސަންދު ނަމަކަށް ކިޔާ މީހެއްކަމަށް އެއާއިންޑިއާއިން ބުނެއެވެ.
އެއާ އިންޑިއާގެ ތަރުޖަމާނު ވިދާޅުވީ، 9 އޭޕްރީލް 2025 ވަނަ ދުވަހު ދިއްލީއިން ބެންކޮކަށް ދަތުރުކުރި ފްލައިޓް އޭއައި2336 ގައި އެ ހާދިސާ ހިނގުމާއެކު ކެބިން ކުރޫއިންވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެކަމަށް އެޓެންޑްވެވް ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓްކޮށްފައި ކަމަށްވެސް ބުނެއެވެ.
އަދި އެއާ އިންޑިއާގެ ކެބިންކުރޫއިންނަށް ވަނީ ބެންކޮކްގެ ކަމާބެހޭ ފަރާތްތަކަށް ޝަކުވާއެއް ހުށަހަޅައި ހާލުގައި ޖެހިފައިވާ ފަސިންޖަރަށް އެހީތެރިކަން ފޯރުކޮށްދޭން އެދިފައި ކަމަށާއި، އަދި އެ ހާދިސާ ދެނެގަނެ، ހަމަނުޖެހުން ހިންގާ ފަސިންޖަރަކާ މެދު އަޅަންޖެހޭ ފިޔަވަޅެއް ހުރިނަމަ އެކަން ދެނެގަތުމަށް ދާއިމީ މިނިވަން ކޮމެޓީއެއް އެކުލަވާލަން އެއާ އިންޑިއާއިން ވަނީ ނިންމައިފަ އެވެ.
މިކަން ފާހަގަކުރައްވައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރާޕޫ ވިދާޅުވީ މިފަދަ ހާދިސާތައް ހިނގާ ކޮންމެ ފަހަރަކު މިނިސްޓްރީން އެކަންކަން ބަލާ ކަމަށާއި، އެކަމުގައިވެސް އެއާލައިނާ ވާހަކަ ދައްކާނެ ކަމަށާއި، ގޯސްކަމެއް ހިނގާނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.





One Response
ލިޔުމެއް ލިޔެފަ ދޫކޮއްލާ އިރަކުނުބަލާ މީ އެހެންމީހުން ކިޔާނެއެއްޗެއް ކަން