ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުޅުމާލެއިން 2 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، އެ މީހުން އަތުލައިގެންފައި ވަނީ ރޭ 21:55 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށާއި، އެގޮތުން، މި އޮޕަރޭޝަނުގައި، ބަނގުރާ ހިފައިގެން ދަތުރުކުރާކަމަށް ޝައްކު ކުރެވުނު އުޅަނދެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ އުޅަނދުން ބަނގުރާކަމަށް ޝައްކު ކުރެވޭ 54 ފުޅި ފެނުނު ކަމަށާއި އަދި އެ ވެހިކަލް ޓޯކުރުމަށްފަހު އެތަކެތި ހިފައިގެން ދަތުރުކުރި ސްރީލަންކާ 2 މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.




