ދަރިވަރުންނަށް ހެޔޮއަގުގައި ޑޮލަރު ލިބޭގޮތް ހަދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 3 ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ފަރާތްތަކުން ބޮޑު އަގުގައި ޑޮލަރު ހޯދަން ޖެހުމުން ވަރަށްބޮޑެތި ދަތިތައް އެފަރާތްތަކަށް ކުރިމަތިވަމުންދާ ކަމަށާއި، އެ ކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މިހާރު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.
އެގޮތުން ކުރެވޭ މަސައްކަތުން ކިޔަވަން ބޭރުގައި ތިބޭ ކުދިންނަށް އަގުހެޔޮކޮށް ޑޮލޮރު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.