ސިންމާލެ ބްރިޖް ހައިވޭ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ސީ ޕްލޭން ޓާމިނަލްއިން ނިކުތް ވޭނަކާ ހައިވޭ އިން ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިން އުޅޭ މައްސަލައެއް މިއަދު ހަވީރު 17:53 އެހާކަންހާ އިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށާއި، އެ ސައިކަލުގައި އިން އުމުރުން 6 އަހަރުގެ ކުއްޖާ އަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާއަށް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދޭމުން ކަމަށާއި، އަދި ސައިކަލު ދުއްވަން އިން މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




